- Advertisement -ad image

އިޔާޒު ފަދަ މީހުންގެ ފިތުނަވެރިކަމުން ދީނީ އިލްމުވެރިންނަށް ގިނަ ރައްޔިތުން އިތުބާރެއް ނުކުރޭ: އުޝާމު

ad image

ގުޅުންހުރި ލިޔުންތައް


އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުހައްމަދު އިޔާޒު ފަދަ މީހުންގެ ފިތުނަވެރިކަމުން ދީނީ އިލްމުވެރިންނަށް ގިނަ ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމު މިހެން ވިދާޅުވެފައި ވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށްފައިވަނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމީ އިންކާރު ކުރެވެން ނެތް ހަގީގަތެއް ކަމަށް އިޔާޟް ވިދާޅުވުމާ ގުޅިގެން ރައްދުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އުޝާމު ވިދާޅުވީ ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އެ ގާނޫނު ފާސްކުރިއިރު ޕީއެންސީ ކިޔާ ޕާޓީއެއް ވުޖޫދުގައި ނުވެސް އޮންނަ ކަމަށެވެ. އަދި އޭރު އެ އިސްލާހު ފާސްވީ މިއަދު ވެރިކަމުގަ އޮތް އެމްޑީޕީގެ މެންބަރުން ވެސް ވޯޓުދީގެން ކަމަށް އުޝާމް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓުނަރުގެ ގޮތުގައި އޮތް އަދާލަތު ޕާޓީގެ ގިނަ އިލްމްވެރިން ހާއްސަގޮތެއްގައި ޑރ އިޔާޒު ފާހަގަވެފައިވަނީ މި ސަރުކާރުގެ ދިފާއުގައި ކޮންމެ ވާހަކައެއްވެސް ދައްކަވާ އިލްމްވެރިއެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ