- Advertisement -ad image

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަން އެނގޭ ހިސާބުން އަޅުގަނޑުގެ ސަރުކާރެއްގައި އެމީހަކު ބޭރުކުރާނަން: ޑރ. މުޢިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ މިނިވަން އަދުލުވެރި އިންސާފުވެރި ނިޒާމަކަށް ހައްދަވާނެކަމަށާ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޝަރުއީ ނިޒާމަށް ބާރު ފޯރުވާ މީހަކު ހުރިނަމަ ސަރުކާރުން ވަކިކުރައްވާނެކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅު ކަންމަތީގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ބާރާ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ނުދެއްވާނެކަމަށެވެ. އަދި އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީއަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެކަމަށާ އަދި ފޯރުވުމުގެ ފުރުޞަތެއްވެސް ނުދެއްވާނެކަަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަހަލަކަމެއް ކުރާއެއްވެސް މީހަކު އެއްވެސް މަޤާމެއްގައި ހުރެއްޖެނަމަ އެކަން އެނގޭ ހިސާބުން އެމީހަކު ސަރުކާރު ތެރެއިން ބޭރު ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“ ބޮޑެއް ކުޑައެއް ބެލުމެއްނެތި، މޮޅުމީހެއް ދެރަމީހެއް ބެލުމެއްނެތި، ޢަދުލުވެރިކަމާއިއެކު އިންސާފު ލިބިގެންދާނެ. އިންޞާފު ޤާއިމް ކޮށްދެއްވުމަށް ތިއްބެވި ފަނޑިޔާރުންނަށް މިނިވަން މާޙައުލެއް ހޯދައިދޭނަން “ ޑރ މުއިއްޒު ވިދާޅުވިއެވެ.
އަދި މުސްތަޤިއްލު މުއައްސަސާތަކަކީ ހަމައެކަނި ޤާނޫނުން މިނިވަން ޖަހާލައިފައި އޮތް އޮތުމުގެ ބަދަލުގައި ޢަމަލީ ގޮތުން މިނިވަން މުސްތަޤިއްލު ތަންތަނަށް ހަދާނެ ކަމަށާއި އެތަންތަނަށް ނަންފޮނުވާ މީހުންނަކީ ކަމަށް ޤާބިލް މީހުން ކަމުގައި ވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންނަށް މަޢުލޫމާތު ހޯދާކަށް ދައްޗެއް ނުވާނެ. ދެފުށް ފެންނާނެ. އާދެ، ދެފުން ނުފެންނަގޮތަށް މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އަޅުގަނޑު ނުބަހައްޓާނަން “ މުއިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިއޮތް ޅަފަތުގެ ޑިމޮކްރަސީ ފައްކާ ކުރެވޭނީ ޗެކް އެންޑެ ބެލެންސް އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމް ކޮށްގެން ކަމަށާއި މިޤައުމަށް ހެވެއް ނޭދި އަންނަ ކޮންމެ މީހަކީ އަމިއްލައެދުމުގައި ވެރިކަމަށް އަންނަ މީހެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ