- Advertisement -ad image

އުތުރުތިލަފަޅުން ގޯތި ދޫކުރާކަން ޔަގީންކުރަން ދިޔަ ނޫސްވެރިންގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


އުތުރުތިލަފަޅުން ގޯތި ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވުމުން އެ ސަރަހައްދުން ގޯތި ދޭތޯ ބަލަން ދިޔަ “ ދިޔަރެސް” ގެ ނޫސްވެރިންގެ މައްސަލަ ޑިފެންސް މިނިިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.
އެމްއެންޑީއެފުން ބުނީ އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް،  ވިޑިއޯ  އާންމު  ކޮށްފައި  ވާތީ  އާއި، އެރަށުގައިހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފާވާ ކަމަށެވެ.
އުތުރުތިލަފަޅުން ގޯތި ދޭނެ ކަމަަށް ރައީސް ސާލިހު ވިދާޅުވުމުން “ދިޔަރެސް” ގެ ނޫސްވެރިން ވަނީ އިއްޔެ އެ ސަރަހައްދަށް ގޮސްފައެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވާ އިރު އެތަނަށް ދިޔަ “ދިޔަރެސް” ގެ ނޫސްވެރިން އެރަށަށް އެރުމަށް މަސައްކަތްކޮށްފައިނުވާ ކަމަށް އެ ނޫހުން ހާމަކުރެއެވެ. އަދި އެރަށުގެ ފަޅުތެރެއަށް ވަނުންމަނާ އެއްވެސް ނިޝާނެއް ޖަހާފައި ނުވާކަން އެ ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ