- Advertisement -ad image

މެމްބަރު ސިރާޖު އަދި ލ. އަތޮޅު ކައުންސިލްގެ ރައީސްވެސް ޕީޕީއެމްއަށް ސޮއިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުސާ ސިރާޖާއި، ލ. އަތޮޅު ކައުންސިލް ރައީސް އިސްމާއިލް އަލީ އާއެކު ގިނަ ބަަޔަކު ޑރ. މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

މިރޭ ލ. ގަމުގައި އޮތް ހައްދުން މަތީ ބޮޑު ޖަލްސާގައި އިސްމާއިލް ޢަލީ ވަނީ ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލުކޮށްފައެވެ. އިސްމާއިލް އަލީ އަކީ އެމްޑީޕީގައި އުފެދުނު ޚިޔާލް ތަފާތުންތަކުގައި ޑިމޮކްރެޓްސްއަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މިރޭ ސޮއި ކުރި ބޭފުޅުންނަށް ބަލާއިރު އެމްޑީޕީ އަދި ޖުމުހޫރީ ޕާޓީއަށް އެތައް އަހަރަކު ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ.
މިރޭ ޕީޕީއެމްއަށް ސޮއިކުރި އިސް ބޭފުޅުން:

ހުސެއިން އިބްރާހިމް: 26 އަހަރު އެމްޑީޕީގައި އުޅުނު ފަރާތެއް
އަލީ ނަޝީދު: މާހިންނަ ސަރަހައްދުގެ ކުރީގެ އެމްޑީޕީ ލީޑަރެއް
ވަޖީހު: ޖޭޕީގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް
ފަރީދު: ޖޭޕީގެ ލީޑަރެއް
ލ. އަތޮޅު ކައުންސިލް ރައީސް އިސްމާއިލް ޢަލީ
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

މީގެ އިތުރުން މިރޭ ލ. އަތޮޅުގެ ރަށްތަކުން ވަރަށް ގިނަ އެމްޑީޕީގެ މެމްބަރުންނާއި ޖުމުހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީެއެމްއާއި ގުޅިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ