- Advertisement -ad image

އިހުލާސްތެރި ތެދުވެރި މަސައްކަތެއް ކުރަން މެނުވީ އަޅުގަނޑުގެ ޓީމުން އެއްވެސް މީހަކަށް ޖާގައެއް ނުދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ބޭނުންވަނީ އިޚްލާސްތެރި ތެދުވެރި މަސައްކަތްތަކެއް ކުރައްވަން ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ނަތީޖާ ނެރެން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ ގަމުގައި ރޭ ބޭއްވު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ގައުމަށް އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ލެވެން ކަމަށެވެ.
އަދި ވެރިކަމަށް މި އަންނަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ޤާއިމްކުރަން ކަމަށާއި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށް ޑރ މުއިއްޒު ވިދާަޅުވިއެވެ.
“ ރައްޔިތުންނާއި ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން. މިހާރު ސަރުކާރުގެ ކަމެއް ހާމަކުރަންވެއްޖެ ނަމަ އިގްތިޞާދީ ދަތިތައް އެބަ ކުރިމަތިވޭ. އެއީ ޙަޤީގީ މިނިވަންކަމެއް ނޫން “ މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އަދި އެކުލަވާލާ ޓީމުގައި ތިއްބަވާ ބޭފުޅުންވެސް ވާނީ ޖަވާބުދާރީވާ ބަޔަކަށް ކަމަށެވެ.
“ ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތައް ޙަޤީޤީ މާނައިގައި ނުފޫޒުން އެއްކިބާކޮށް މިނިވަންކުރާނަން. އަޅުގަނޑުމެން ޒުވާނުން ބާރުވެރިކޮށް ޒުވާނުން ޒިންމާދާރުކުރާނަން “ މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީން އެކުލަވާލާ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގު ފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެއްޔާ އެމަނިކުފާނު އިސްވެ އެމީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އިޚްލާސްތެރި ތެދުވެރި މަސައްކަތެއް ކުރުމަށް މެނުވީ އެއްވެސް މީހަކަށް އަޅުގަނޑުގެ ޓީމަކަށް ނާދެވޭނެ. އަޅުގަނޑު ބޭނުންވަނީ އަމާނާތްތެރިކަމާއި އެކު ސީރިއަސް މަސައްކަތެއް ކޮށް ރައްޔިތުންނަށް ނަތީޖާ ނެރެދޭން” މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ޑިޕްލޮމަސީގެ ރިވެތި އުސޫލުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބޭނުންކޮށްގެން މިނިވަންކަން ޙިމާޔަތްކޮށްދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ