- Advertisement -ad image

އިދިކޮޅުގެ ސައިކަލު ބުރެއް މިއަދު ހަވީރު މާލޭގައި

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން މިއަދު ހަވީރު މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

ދިވެހީންގެ ރާއްޖޭގެ ނަމުގައި ބާއްވާ މި ސައިކަލު ބުރު ފަށަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45 ގައި މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށް ޕީޕީއެމްއިން ބުނެއެވެ.
މި ހަރަކާތުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު އިދިކޮޅުން ދަނީ ކެމްޕެއިންގެ ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށް ގެންދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ