- Advertisement -ad image

އެގްރޯނެޓްގެ ކުރީގެ އެމްޑީއާއެކު އެތައް ބަޔަކު ގއ. ވިލިނގިލިން ޕީޕީއެމްއަށް!

ad image

ގުޅުންހުރި ލިޔުންތައް


އެގްރޯނެޓްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ހާރޫން ރަޝީދާއި މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެހެން ބައެއް ފަރާތްތައް ހިމެނޭހެން ގިނަ ބަޔަކު މިއަދު އިދިކޮޅު ޕީޕީއެމް/ ޕީއެންސީއަށް ސޮއިކޮށްފި އެވެ.
ހާރޫން އަކީ ވިލިނގިލީގެ ފުރަތަމަ ކައުންސިލަރު، އަދި ގއ. އަތޮޅުގެ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެގްރޯނެޓްގެ އެމްޑީގެ މަގާމުން ވަކިކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.


ފެށުނީއްސުރެ އެމްޑީޕީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން އައި ހާރޫން މިއަދު އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ އިތުރު 100 މެންބަރޝިޕް ފޯމާއެކު އެވެ.
އަންނަ މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި މެންބަރޝިޕް ފޯމުތައް ވަނީ ހަވާލުކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ