- Advertisement -ad image

އަބުރުކަތިލަން ކުރި މަސައްކަތް އަތަށްގޮވާ ސިޔާމުވެސް ކޯލިޝަނާއި ދުރަށް!

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައިފިއެވެ.

އެމްޑީއޭ އިން މިރޭ އެގޮތަށް ނިންމާފައި ވަނީ އެ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓަކުންނެވެ. އެމްޑީއޭ ކައުންސިލަށް އެކަން ހުށަހެޅުއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.
އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އިސްވެ ހުންނަވައި އުފައްދަވާފައިވާ އެމްޑީއޭއަކީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކޮށް އެމްޑީޕީއާ އެކުގައި ކޯލިޝަން ހެދި ޕާޓީއެކެވެ. އެމްޑީޕީ އާ އެކުގައި ފުރަތަމަ ބުރު ކޯލިޝަން ހެދި އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ