- Advertisement -ad image

ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ކ ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ދޯނީގައި އަލިފާން ރޯވެގެން ފަޔަރ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަލިފާން ރޯވި ތެޔޮ އުފުލާ ދޯނި މިހާރު ވަނީ ފަޅުން ނެރެފައި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ވާލި 7″ ނަމަކަށް ކިޔާ މި ދޯނީގައި ހުޅު ހިފީ އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ތިލަފުށިން 20،000 ލީޓަރުގެ ތެޔޮ އަޅައިގެން އިންޖީނު ސްޓާޓްކޮށްލި ވަގުތު ސްޕާކެއް ވެގެންނެވެ. އަދި މި ހާދިސާގައި ދޯނީގައި ތިން މީހަކު ތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އޭގެ ތެރެއިން ކެޕްޓަންގެ މޫނާއި ކަނާތް އަތް ކޮންމެވެސް ވަރަކަށް ފިހިގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ދޯނި މިހާރު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ