ސަރުކާރަށްވެސް ދެން އޮތް އެންމެ ބުއްދިވެރިގޮތަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުންކަމަށް ޖަމްޢިއްޔަތުއް ސަލަފުގެ އިސް ހަރަކާތްތެރިޔާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށްވެސް ދެން އޮތް އެންމެ ބުއްދިވެރި ގޮތަކީ ޑރ. މުއިއްޒުއަށް ތާއީދުކޮށް އެކަން ވީހާވެސް އަވަހަކަށް އިއުލާނުކުރުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެން ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ލިބުނީ 39 ޕަސެންޓު، 85،000 ވޯޓެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމްޑީޕީ އާއެކު ހެދި ކޯލިޝަނުން އެމްޑީއޭވެސް ވަނީ ރޭގެ ވަގުތެއްގައި ނިކުމެފައެވެ.



