- Advertisement -ad image

ހޮނިހިރު ދުވަހު ރައްޔިތުންނަށް ލިބޭ ފުރުސަތަކީ ދިވެހިންގެ މިނިވަންކަން އިއާދަކުރަން ލިބޭ ފުރުސަތެއް: މެޑަމް ފާތުން

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ރާއްޖެ މިހާރު އޮތް އަޅުވެތި ހާލަތުން ސަލާމަތް ކުރުމަށް ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންވެސް ހޮނިހިރު ދުވަހު ޑރ. މުއިއްޒަށް ވޯޓު ދެއްވުމަށް ރައީސް ޔާމީން އާދޭހާއިއެކު އެދިވަޑައި ގަންނަވާކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނަ އިރު މިރޭ ޗެނަލް 13 މެދުވެރިކޮށް މެޑަމް ފާތުން ދެއްވި މެސެޖުގައި ވިދާޅުވީ މި ސަރުކާރަށް އިތުރު ފުރުސަތެއް ހަނިގޮތަކަށްވެސް ލިބިއްޖެ ނަމަ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އެކުއެކީގައި ގެއްލިގެންދާނެކަމީ ޔަޤީންކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވާކަމަށެވެ.
އެމަނިކުފާނުގެ އާދޭހަކ،ީ ދިވެހިރާއްޖެ އަޅުވެތިކަމަށް ދިއުމުން ސަލާމަތްކުރުމަށް އެމަނިކުފާނު އެންޑޯޒްމަންޓު ދެއްވާފައިވާ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއ،ި އެމަނިކުފާނުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް އެންމެހާ ލޮބުވެތި ރައްޔިތުންގެ ވޯޓު ދެއްވުން ކަމަށެވެ.
މިއަދާއި ހަމައަށް ޕީޕީއެމް/ޕީއެންސީން ކުރަމުންދާ ޤައުމީ މި މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ލޮބުވެތި ރައްޔިތުންނާއި ވޭތުވެގެން މިދާ ފަސް އަހަރު އެމަނިކުފާނަށް ލިބެމުންދާ އަނިޔާއިން ސަލާމަތްކުރުމަށް ޓަކައި ވަކާލާތުކުރައްވާ އިހުތިޖާޖުކުރައްވާ އެކިގޮތްގޮތުން އަނިޔާ ލިބެމުންދާ ފަރާތްތަކަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ އެންމެހާ ބޭފުޅުންނަށް އެމަނިކުފާނުގެ ހިތުގެ އިހުލާސްތެރި ޝުކުރާއ،ި ލޯބި ރައްދުކޮށްދޭން ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް މެޑަމް ވިދާޅުވިއެވެ.
މެޑަމް ވިދާޅުވީ މި އިންތިހާބުން އަޅުގަނޑުމެން ކާމިޔާބު ހޯދާ އަޅުގަނޑުމެން އެންމެން އެކުގައި އުފާފާޅުކުރާނ،ީ ރައީސް ޔާމީން މިނިވަންކުރުމަށް ފަހު އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގެންނެވުމާއެކުކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެއީ މިނިވަންކަން އިޢާދަކުރަން ލިބޭ ފަހު ފުރުޞަތު. އެ ފުރުޞަތު ނަގާލައިފިއްޔާ އޭގެ ފަހަށް “ދިވެހިރާއްޖެ” އޭ ކިޔާ ގައުމެއް ނޯންނާނެ. މިނިވަން ކަމެއްވެސް ނޯންނާނެ. މިނިވަން ކަމުގެ އަގު ވަޒަން ކުރެވޭނީ އަޅުވެތި ވުމުން. އެކަން ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ. 4 އަށް ވޯޓު ދެއްވައިގެން މިނިވަންކަން އިޢާދަ ކުރައްވާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ