- Advertisement -ad image

ކެމްޕެއިން ކުރުމުގައި އެހެންމީހުން ވެއްޓޭ ދަށުދަރަޖައަށް ވެއްޓޭކަށް ބޭނުމެއްނޫން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ކެމްޕެއިން ކުރުމުގައި އެހެން މީހުން ވެއްޓޭ ލޯވެލްއަށް ވެއްޓުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒުއާ ގުޅުވައިގެން ވެރިކަން ކުރާ އެމްޑީޕީން ދަނީ ހަގީގަތާއި ހިލާފު ގިނަ ވާހަކަތައް ފަތުރަމުންނެވެ. ނަމަވެސް އޭގެން އެއްވެސް ކަމަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން ރައްދެއް ނުދެއްވައެވެ.
މިކަމާ ގުޅޭގޮތުން ޑރ މުއިއްޒު މިރޭ ވިދާޅުވީ އަމިއްލަ ނަފުސަށް އިތުބާރު އޮތިއްޔާ އެކަމާ ތެޅިގަނެގެން ކޮންމެހެން އެމީހުން އެ ވެއްޓޭ ލެވަލްއަށް ރައްދުދީ އެމީހުނާ ޒާތީ ވާން ނުޖެހޭ ކަމަށެވެ.
އަދި މިނިވަންކަމާއި އިންސާފުވެރިކަމާއެކީ އަޅުގަނޑަށް ކުރާ އެއްވެސް ތުހުމަތުތަކަށް ކަމާގުޅޭ މުއައްސަސާތައް ބަލައިފިނަމަ ދައްކަމުން ދަނީ ހަގީގަތާއި ހިލާފު ބުހުތާނުކަން ވަރަށް ރީޗަށް ސާބިތުވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އަޅުގަނޑަކީ ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރާނެ އަދި ކޮށްފަވެސް އޮތް މީހެއް ނޫން “ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ފަސްބައި ސާފު އިހުލާސްތެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުމުގެ ނިޔަތުގައި މަސައްކަތް ފެއްޓެވި ބޭފުޅެއް ކަމަށެވެ.
“އެންޓިކެމްޕެއިން މިއޮތީ އިންތިހާއަށް މައްޗަށް ގޮސްފައި. ދެން އެކަންކުރާ ފަރާތްތައް އަމިއްލައަށް ވެސް އެބަ ފަޟީހަތްވެސް އެބަވޭ. އަޅުގަނޑު ނުދައްކާނަން ތެދު ބަހުން ނޫނީ އެއްވެސް ވާހަކައެއް. އަޅުގަނޑުގެ މާޒީން ފެންނަން ހުންނާނެ އަޅުގަނޑަކީ ކާކުކަން. އަޅުގަނޑު ފޮރުވާނެ ކަމެއްވެސް ނެތް. އަޅުގަނޑަށް ކުރާ ތުހުމަތުތަކަށް އެއްވެސް ފަރުވާލެއް ނެތް“ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ