- Advertisement -ad image

ސާލިހުގެ ވެރިކަން ބަދަލުކުރަން ލިބޭ ފަހު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ސަބަބުތައް ގިނަ: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މިވެރިކަން ބަދަލުކުރަންޖެހޭ ފަހު ފުރުސަތުގެ ބޭނުން ހިފަންޖެހޭ ސަބަބުތައް ގިނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސާލިހުގެ މިހިނގަމުންދާ ފަސް އަހަރުގައި ވަނީ ގައުމު އަޅުވެތިކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ ކަނޑު ވިއްކާލައި މި ފަސް އަހަރު ވަނީ މުޅި ރާއްޖެއަށް ކޮރަޕުޝަން އާއްމުކޮށްފައި ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
“ ދަރަނި ނަގައި ސިޔާސީ ވަޒީފާތަކަށް ހޭދަކޮށްފި. އަދުލު އިންސާފޭ ކިޔާ ރައީސް ޔާމީނު ޖަލަށްލާ އަނިޔާ ކޮށްފި. ރައީސް ނަޝީދުއަށް ކުރި ބިރުވެރި އަނިޔާ “ ޑރ ޖަމީލް ވިދާޅުވިއެވެ.
އިތުރަށް ޖަމީލު ވިދާޅުވީ ސާލިހު އަކީ ނާގާބިލް، އިލްމާއި ހުނަރެއް ނެތް، ދޫކޮށި، ޚިޔާލު ފަގީރު، މިޖީލަށް ނަޞޭހަތެއްވެސް ނުދެވޭ ވަރުގެ ، ލީޑަރޝިޕެއް ނެތް ފަރާތެއް ކަމަށެވެ.
“ސާލިހު ނުކުރަން ބުނި ހުރިހާކަމެއް ކޮށްފި. ދެވަނަ ދައުރެއް ރައީސް އިބޫއަށް ލިބިއްޖެނަމަ އިބޫގެ ނުލަފާކަން ތަޞައްވުރަށްވެސް ނުގެނެވޭނެ “ ޑރ ޖަމީލް ވިދާޅުވިއެވެ.
‏ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ މުއިއްޒަށް ވޯޓްދެއްވާ ގައުމު ސަލާމަތް ކުރެއްވުމަށް ޑރ ޖަމީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ