މަސްތުވާތަކެއްޗާއި ގޭންގުތަކާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒާ ގުޅުވައިގެން އެންޓި ކެންޕޭން ކުރިއަސް އަދުގެ ތަހުޒީބު ތައުލީމީ ޖީލުން ނުހެއްލޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިގޮތަށް ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީން ޑރ މުއިއްޒު އާއި ގުޅުވައިގެން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާތީ ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ޝަހީމް ވަނީ ރައްޔިތުން ސާބިތުކަމާއެކު ޑރ މުއިއްޒާއެކު ދެމިތިއްބަވައި އެމަނިކުފާނު އިންތިޚާބު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ރާއްޖޭގެ ރައީސް ކަމަށް ޑރ މުއިއްޒު އިންތިހާބުވެވަޑައިގެންފިނަމަ ޤައުމުގެ ކަންކަން ދާނީ ރަނގަޅަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.