- Advertisement -ad image

ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން އިތުބާރުކޮށް ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ ޒިންމާ ހަވާލުކޮށްފިނަމަ ވެރިކަމުގެ ފުރަތަމަ ދުވަހު މިހާރު ޖަލުގައި ހުންނެވި ރައީސް ޔާމީން ގެއަށް ބަދަކޮށްދޭނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހުވާ ކުރާ ދުވަހަކީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒުފޯރުވުން ނިމޭ ދުވަސް ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނެވީ ނުހައްގު ޖަލު ހުކުމެއްގައި ކަމަށާއި އެއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.

“ ފުރަތަމަ ދުވަހު ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ފަށާނަން. ނޮވެމްބަރު 17 އާއި ހަމައަށް އަދި ވަގުތުކޮޅެއް އޮންނާނެ. އެހާތަނަށް ދާއިރުވެސް އެމަނިކުފާނު މިނިވަން ނުވާކަމުގައިވާނަމަ އަދި އެމަނިކުފާނު ގެއާ ހަމައަށްވެސް ނުގެނެސްފި ކަމުގައިވާނަމަ ޔަގީނުންވެސް ސަރުކާރަކަށް ވެރިކަމުގައި ހުންނަ މީހަކަށް ކުރެވޭނެ ކަމެއް އެއީ އެމަނިކުފާނު ގެއަށް ބަދަލުކުރުން. އެހިސާބަށްދާއިރުވެސް މިއިން ކަމެއް ވެފައި ނެތްނަމަ ޔަގީނުންވެސް ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭނަން “ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ