- Advertisement -ad image

މުއިއްޒު އެދިވަޑައިގަތީ ވީހާވެސް އަވަހަށް ނިކުމެ ވޯޓުލުމަށް

ad image

ގުޅުންހުރި ލިޔުންތައް


ވީހާވެސް ހެނދުނު ވަޑައިގެން، ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ގާނޫނީ ބޭނުން ހައްގު ގޮތުގައި ކުރައްވާ ވޯޓު ލެއްވުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ފެށީ ހެނދުނު 8:00 ޖެހިއިރުއެވެ. މިއަދު ހަވީރު 5:00 ޖަހަންދެން ވޯޓު ލުން ކުރިއަށް ގެންދާނެއެވެ.
ޑރ. މުއިއްޒު ވަނީ މިއަދު ހެނދުނު 8:30ގައި ތާޖުއްދީން ސްްކޫލަށް ވަޑައިގެން ވޯޓު ލައްވާފައެވެ. ވޯޓު ލެއްވުމަށް ފަހު މީޑިއާ ވާހަކަދައްވަމުން ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ ގާނޫނު ހައްގު އަދާކޮށް ވޯޓު ލެއްވުމަށް އެދޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ މި ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،803 މީހަކަށެވެ. މި ފަހަރުގެ އިންތިހާބުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އަދި މި ބުރުގައި ހުންނާނީ ޖުމްލަ 586 ވޯޓު ފޮއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ