- Advertisement -ad image

ވޯޓު ކަރުދާސް ފޮޓޯނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ad image

ގުޅުންހުރި ލިޔުންތައް


ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ފޮޓޯނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައެވެ. މިއަދު ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.
ވޯޓު ކަރުދާސް ދައްކައިފިނަމަ ނުވަތަ ފޮޓޯ ނަގައިފިނަމަ އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެއެވެ.

މީގެ ކުރިން މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން އެ މައްސަލަ ފުލުހުން ބެލިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ