- Advertisement -ad image

އިންތިހާބާ ގުޅުންހުރި ކަންކަމާއި ގުޅިގެން މިހާތަނަށް 4 މީހުން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ވޯޓާއި ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިމީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން ކަމަށެވެ.
އަދި އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައެވެ. މިއަދު ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.
ވޯޓު ކަރުދާސް ދައްކައިފިނަމަ ނުވަތަ ފޮޓޯ ނަގައިފިނަމަ އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެއެވެ.

މީގެ ކުރިން މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން އެ މައްސަލަ ފުލުހުން ބެލިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ