- Advertisement -ad image

ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރަހާފައި ދޫކުރާ މައްސަލައެއް ފެންމަތިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ލ ފޮނަދޫގައި ބެހެއްޓިފައިވާ 3 ނަމްބަރު ވޯޓު ފޮށި ކައިރީގައި އިން އިލެކްޝަންސްގެ އޮފިޝަލު ވޯޓު ކަރުދާހުގައި ކުރަހާފައި ދޫކޮރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޕީޕީއެމުން ބުނީ ލ ފޮނަދޫގައި ހުރި އެ ރަށު ތިން ނަމްބަރު ވޯޓު ފޮށީގައި ވޯޓު ކަރުދާސް ދޫކުރަން އިން ކުއްޖާ ވޯޓު ކަރުދާސް ދޫކުރަމުން ކަރުދާހުގައި ކުރަހާފައި ދޭ މައްސަލައެއް ފާހަގަވެގެން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.
އަދި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.

އީސީން ބުނީ ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް ދިނުމަށްފަހު، މިހާރު ވަނީ އެފޮށީގެ ވޯޓުލުން ފެށިފައި ކަމަށެވެ.
‏” ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ. އަދި ވޯޓުކަރުދާސް ދޫކުރާ މޭޒުން ވޯޓުކަރުދާހާއި ކުރެހުމުގެ ފުރުސަތެއްވެސް ނޯންނާނެ” އިލެކްޝަނުން ބުނެފައިވެއެވެ.
‏ވޯޓުލުމުގެ އެންމެހައި ކަންތައްތައް ހިނގަމުންދާނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށް ވެސް އީސީން ބުނެއެވެ.
‏މިހާތަނަށް އެއްލައްކަ އެއްލައްކަ ހަތްދިހަ އެއްހާސް ނުވަސަތޭކަ ފަންސަަސް ހަތަރު މީހުން ވޯޓުދިނުމުގެ ޙައްޤު އަދާކުަރައްވައިފިއެވެ.
‏އެއީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %50 އިންސައްތައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ