- Advertisement -ad image

މެންބަރު ޝަރީފު އަދި ނިހާދަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް


މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މެންބަރު ޝަރީފަށް ހަމަލާ ދީފައިވާ މައްސަލައެއް، ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މިކަން ހިގާފައިވަނީ ޝަރީފް، މަންހޭޓަން ބިޒްނަލް ހޮޓެލްގައި ހުއްޓާކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް، ފުލުހުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިން މައްސަލައެއްވެސް ފުލުހުން ވަނީ ބަލަން ފަށައިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާތީ ނިހާދު ހުންނެވީ ސ. ފޭދޫގައެވެ. ފުލުހުން ބުނީ، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލަ މިއަދު 11:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ