- Advertisement -ad image

24 ގަޑިއިރު ތެރޭގައި ރަައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މިހާރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދާ އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި، ގެއަށް ބަދަލުކޮށް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދެވުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެެ.

މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ކާމިޔާބު ކުރައްވާފައެވެ.
ލިބުނު ކާމިޔާބީއަށް ފަހު މިރޭ ޕީޕީއެމް/ޕީއެންސީ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމުގައި ޑރ. ޖަމީލް ވިދާޅުވީ، އެމަނިކުފާނުގެ މައްްޗަށް ކޮށްފައިވާ ދައުވާތަކާއި، އެމަނިކުފާނުގެ އިސްތިއުނާފީ ހައްގު ހިފަހައްޓާ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނު ވޯޓަށް ވަޑައިގަތުމުގެ ފުރުސަތު ނައްތުވާ މިކަންކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަަމަށެވެ. އަދި އެމަނިކުފާނު މިކަންކަން ކުރެއްވީ ދެވަނަ ދައުރެއް ލިބިދާނެ ކަމަށް ބަލައިގެން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ