- Advertisement -ad image

މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު، އަމަންއަމާން ކަން ނަގާލަން އެއްވެސް ފުރުސަތެއް ނުދޭތި: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް ދެން އޮތީ ދިވެހި ރައްޔިތުން އެދޭ ގޮތަށް ރާއްޖެ ކުރިއަށް ގެންދެވޭނެ ދުވަސްތަކެއް ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ދެއްވި ޔަގީން ކަމަކީ، ކޮންމެ ދިވެހި ރައްޔިތަކީ ވެސް އޭނާގެ ކުރިމަތީގައި ހަމަހަމަ، އެއްވަރަށް ހައްގު ލިބިގެންވާ ރައްޔިތަކަށް ވާނެ ކަމެވެ.
ޑރ. މުއިއްޒު ވަނީ ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.
“އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން އިރާދަކުރެއްވިއްޔާ ހިމާޔަތް ކުރެވޭނެ. އަޅުގަނޑުމެންގެ އިގްތިސާދު އިރާދަކުރެއްވިއްޔާ ނަގައި ކޮޅަށް ޖެހޭނެ. އެހެންވީމަ ކުރިއަށް މިއޮތް ދުވަސްތަކަކީ ދިވެހި ލޮބުވެތި ރައްޔިތުން ތި އުންމީދުކުރައްވާ ގޮތަށް ގައުމު ކުރިއަށް ގެންދެވޭނެ ދުވަސްތައް،” ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.
“އިރާދަކުރެއްވިއްޔާ އަޅުގަނޑު އިތުބާރު ދަމަހައްޓާނެ، އަމަލާ ބަހާ ދިމާވާނެ، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަކަށް ރާއްޖޭގެ ވެރިކަންކޮށްދޭނަން.” މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ވާދަކުރައްވައި ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 18،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތާއެކު، ވޯޓުލެވޭ އާބާދީގެ 53.93 ޕަސެންޓު ހޯއްދަވައިގެންނެވެ. ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު 17 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޑޮކްޓަރ މުއިޒް އަށް މަރުހަބާ ދަންނަވަން. ކުރިޔަށް އޮތް
    5 އަހަރު މިގައުމާ ރައްޔަތުންނަށް އަދުލުވެރިކަމާ އިންސާފު
    ޥެރިކަމާއެކު އެއްވެސް ކުލައަކަށް ނުބައްލަވާ އެއްވެސް ރައްޔިތަކަށް އަނިޔާވެރިނުވެ ގައުމަށް އަދުލުއިންސާފު ގާއިމް
    ޚުރައްވާނެ ކަމުގައި އުއްމީދު ކުރަން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ