- Advertisement -ad image

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރައްވައިފިއެވެ.
ގެއަށް ބަދަލު ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު އެމަނިކުފާނު ގެއަށް ބަދަލުކުރައްވާފައިވަނީ މިއަދު ހަވީރު 16:00 އެހާކަންހާއިރުއެވެ.

މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފައިވާއިރު އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ކިބައިން އެދިވަޑައިގެންފައެވެ.

“ރައީސަށް ދަންނަވާލަން، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް. އެއީ ރައީސަށް ގާނޫނީ ގޮތުން ލިބޭނެ ބާރެއް.” ރޭގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ރައީސް ޔާމީނުގެ ގެކޮޅު ކައިރިއަށް އެއްވެފައި ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ