- Advertisement -ad image

ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާވެސް ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް


ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދު ބާއްވަން ތާވަލު ކުރި މަޖިލީހުގެ ޖަލްސާވެސް ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޯރަމްގެ ރަނގަބީލު ޖރހުމަށް ފަހުގައިވެސް ބަލަންޖެހޭ ވަގުތައް ބަލާފައިވާ ކަމަށާއި މެންބަރުން މަޖިލީހަށް ވަޑައިނުގެންނެވި ކަމަށެވެ.
“ އަޅުގަނޑަށް މަޖުބޫރުވެދަނީ މިއަދުގެ މަޖިލިސް ނޯންނާނެ ކަން އަންގާ އިއުލާނުކުރުން “ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މެންބަރުންނަށް އެޖެންޑާވެސް ފޮނުވާނެ ކަމަށެވެ.
“ މެންބަރުން ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. އެއްގޮތަކަށް ވެސް ނުވިސްނޭ މިއަދު ވަޑައިނުގެންނެވި ސަބަބެއް “ ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މާފަންނު އުުތުރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ފުރަތަމަ ބިލުގެ ކިޔުން އިއްވުމެވެ.
އަދި ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ