- Advertisement -ad image

މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރޭ ސޯޝަލް ސެންޓަރުގައި

ad image

ގުޅުންހުރި ލިޔުންތައް


މޫސުން ގޯސްވުމުގެ ސަބަބުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރެއަށް ހަމަޖައްސައިފިއެވެ.

ޕީޕީއެމުން ބުނީ އިންތިހާބީ ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ބޭއްވުމަށް ރޭ ހަމަޖެއްސި ޖަލްސާ ފަސް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ޖަލްސާ އޮންނާނީ މިރޭ 20:30 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކަމަށް ޕީޕީއެމުން ބުނެއެވެ.
ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ