- Advertisement -ad image

އަމިއްލަ މަސްލަހަތު އިސްނުކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ޑރ މުއިއްޒު އިލްތިމާސް ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


އަޒުމަކީ ގައުމީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށާއި، އަމިއްލަ މަސްލަހަތު އިސްނުކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ދިވެހި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގައި މުސްތަގުބަލު އުޖާލާ ކުރުމަށާއި ދަރިންގެ ހައްގުގައި މިނިވަންކަން ޔަގީން ކުރުމަށްޓަކައި ރައްޔިތުން ކުރެއްވި ގައުމީ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.
ޑރ މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ވީ ވައުދު މަތީ އިރުއަރާ ކޮންމެ ދުވަހަކު ސާބިތު ކަމާއި އެކީ ހުންނަވާނެ ކަމަށެވެ.


އަދި ބަދަލު ހިފުމުގެ ރޫހު ތާއަބަދަށް ރައްޔިތުންގެ ތެރެއިން ނެތިގެން ދާންޖެހޭ ކަމަށާއި އެނޫން ހަމައަކުން ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށެވެ. އެހެން ކަމުން އަދުލުވެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދޭނެ ކަމަށާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކީ ރައްޔިތުންނަށް ހިދުމަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއީ އެމަނިކުފާނު ވެފައިވާ ވައުދެއް ކަމަށާއި އެވައުދު މަތީ އިރުއަރާ ކޮންމެ ދުވަހަކު ސާބިތުވެ ހުންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމަށް އެ މަނިކުފާނަށް ފުރުސަތު ދެއްވީ ރައްޔިތުން ކަމަށާއި އެހެންކަމުން އެ ރައްޔިތުން ފިޔަވާ އިތުރު ބައެއްގެ ބާރެއް އެމަނިކުފާންގެ މައްޗަށް ނުހިނގާނެ ކަމަށް ވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ