- Advertisement -ad image

ރައްޔިތުން ގޮތް ނިންމައިފި، ދިވެހިން ބޭނުންވާ ގޮތަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި ދިވެހިން ބޭނުންވާ ގޮތަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ޑރ.މުއިއްޒު އެފަދައިން ވިދާޅުވެ ޔަގީންކަން ދެއްވާފައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ޝުކުރު ދެންނެވުމަށް ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
“ މިގައުމުގައި ތިބި ބޭރުގެ ސިފައިން އިރާދަކުރެއްވިއްޔާ ހަމަތަކުގެ ތެރެއިން ދޫކޮށްލާނަން. އަޅުގަނޑަށް ޔަގީން އެކަން ހާސިލް ވާނެކަން. ރައްޔިތުން މިއޮތީ ނިންމާފައި އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބަން ބޭނުން ނުވާ ކަމަށް “ ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބީ ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ އިހުސާސްތަކާއި ދެކޮޅަށް އަޅުގަނޑުމެންގެ ވިންދާއި ދެކޮޅަށް މިގައުމުގައި ބޭރު ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށެވެ.
“އަޅުގަނޑާއި ބައްދަލު ކުރަން ވަޑައިގަންނަވާ ސަފީރަށް ދަންނަވަން އޮތީ މިހަމަތަކުގެ މަތިން އަޅުގަނޑުމެނާއި ވަރަށް ގާތްގުޅުން އޮންނާނެއޭ “ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ