- Advertisement -ad image

ޑރ މުއިއްޒުގެ ވެރިކަމެއްގައި އީދުގައި ސިޓީތަކާއި ވެރިކަން ކުރާ ރަށްތަކުގައި ބޮކި ދިއްލައި ތަކުބީރުގެ އަޑުން ގުގުމާލާނެ!

ad image

ގުޅުންހުރި ލިޔުންތައް


ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި މުސްލިމުން ފާހަގަ ކުރާ ފިތުރު އީދާއި އަޟްހާ އީދުގައި ހުރިހާ ސިޓީތަކަކާއި ވެރިކަން ކުރާ ރަށްތަކުގައި ބޮކި ދިއްލައި ޒީނަތްތެރިކޮށް، ތަކުބީރުގެ އަޑުން ގުގުމާލާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީ ފާހަގަ ކުރަން އެތައް ސަތޭކަ ބަޔަކާ އެކުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާ އިން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖޭގައި އިސްލާމް ދީން އޮތުމުގެ މުހިންމު ކަމެވެ. ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނަށް ލޯބި ކުރާ ދިވެހި ގައުމުގައި އިސްލާމް ދީނަށް ނަސްރުދޭ، އިސްލާމީވަންތަކަން ދިރުވައި އާލާ ކުރާ މުޖުތަމައުއަކަށް ހަދަން ކޮންމެ ބޭފުޅަކު ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“އެކަން އަޅުގަނޑަށް އިހްސާސްވެގެން ދިޔަ އީދު ދުވަހު މާލޭގައި މާލެ ސިޓީ ކައުންސިލުން ބޮކި ދިއްލައި ތަކުބީރު އިއްވީމަ ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅުކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުން ދިޔަ ސެލްފީތަކާއި އަޅުގަނޑާ ބައްދަލުވެ ދެއްކި ވާހަކަތަކާ މި ހުރިހާ ކަމަކުން ފެނިގެން ދިޔަ އެކަން.” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެން ފެންނާނީ ރާއްޖޭގެ ހުރިހާ ސިޓީއަކާއި ވެރިކަން ކުރާ ރަށްތަކުގައި ފުރަތަމަ ފަހަރަށް އެކަން ކުރާ ތަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ