- Advertisement -ad image

އިންތިހާބީ ރައީސް ޑރ މުއިއްޒު، މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދޮޅުމަހެއްހާ ދުވަހުގެ މަސައްކަތް ނިމި، އަންނަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވާއިރު ތިބޭނީ ތައްޔާރު ވެގެން ކަމަށެވެ. އެގޮތުން ޓްރާންސިޝަނަލް މުއްދަތުގައި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއްބާރުލުން ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ނަޝީދު އާއި މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ ތަފުސީލު އަދި ހާމަކޮށްފައި ނުވިނަމަވެސް ޑރ މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕާޓީގެ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނެފައިވަނީ އިންތިހާބީ ރައީސް ޑރ މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާކުރެއްވުމުގެ ރަސްމިއްޔަަތު ނޮވެމްބަރު 17 ވާ ހުކުރު ދުވަހު ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ