- Advertisement -ad image

ރައްޔިތުންގެ މަޖިލީހަކީ އަންހެނުންނަށް ވެސް ފުރުސަތު ލިބޭ، އަންހެނުންގެ އަޑު އިވޭ މަޖިލީހަކަށް ވާންޖެހޭ: ހީނާ

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހަކީ އަންހެނުންނަށް ވެސް ފުރުސަތު ލިބޭ، އަންހެނުންގެ ބަސް ބުނެވޭ، އަންހެނުންގެ އަޑު އިވޭ މަޖިލީހަކަށް ވާންޖެހޭކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހީނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އަންހެނުންގެ ބަސް ވިކޭ އަންހެނުންނަށް އަޑު އަހާ މަޖިލީހަކަށް ވާންޖެހޭ ކަމަށެވެ.
“ އަދި ފެންނަނީ މުޅިންވެސް 2024 ގައި މަޖިލިސްއަށް ކުރިމަތިލާ ފިރިހެނުންގެ ވާހަކަ. އަންހެނަކު ކުރިމަތިލާން އުޅޭ ޕޯސްޓެއް ވެސް ނުފެނޭ.
‏ރައްޔިތުންގެ މަޖިލީހަކީ އަންހެނުންނަށް ވެސް ފުރުސަތު ލިބޭ، އަންހެނުންގެ ބަސް ބުނެވޭ، އަންހެނުންގެ އަޑު އިވޭ މަޖިލީހަކަށް ވާންޖެހޭ “ ހީނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް 2024 ގައި ވާދަކުރުމަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މީގެތެރޭގައި ފެންނަނީ ގިނައިން ފިރިހެނުންކަން ވެސް ފާހަގަ ކުރެވެއެވެ.
ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ތިއްބެވީ އެންމެ ހަތަރު ކަނބަލުންނެވެ. އެއީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ހިޝާން ހުސައިން އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެވެ. އެކަމަކު މަޖިލީހުގައި 87 މެންބަރުން ތިއްބެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ