- Advertisement -ad image

އަޅުގަނޑު އެދެނީ ޑރ މުއިއްޒުގެ ސަރުކާރު އެކުލަވާލައި ރިޔާސީ ނިޒާމުގައި ކުރިއަށްދާން ފުރުސަތުދޭން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރައްވަން ފެއްޓެވި މައްސަކަތް ހުއްޓަވާލެއްވިކަން ރައީސް ނަޝީދާއި ޑިމޮކްރެޓްސް ޕާޓީން އިއުލާން ކުރައްވައިފިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިޒާމުގެ ވޯޓު މަޑުޖައްސާލަން ޑިމޮކްރެޓްސްއިން އެއްބަސްވެ މިއަދު މަޖިލީހުގައި ތާވަލުކޮށްފައި އޮތް ނިޒާމުގެ މައްސަލަ އެޖެންޑާއިން ވެސް ވަނީ ނަގާފައެވެ.
މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ، އިންތިހާބީ ރައީސް މުއިއްޒުއާ އިއްޔެ މަޖިލީހުގައި ބައްދަލުކުރެއްވި ކަމަށާއި އަދި މުއިއްޒު ހުވާކުރުމާއި ވެރިކަން ފަށައިގަތުމަށް މަޖިލީހުގެ ތެރެއިން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
އޭގެ އިތުރުން ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މަޖިލީހުން ވޯޓެއް ނަގާފައިވާކަމަށް ވެސް ދެންނެވި ކަމަށާއި އަދި އެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާކަން ވެސް މުއިއްޒުއަށް ދެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަމަކު ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަަށް ޖާގަ ދިނުމުގެ ގޮތުން އެ ވޯޓުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް ޑިމޮކްރެޓްސްގެ މެމްބަރުންވެސް އެދިފައިވާކަން މުއިއްޒުއަށް ދެންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ