- Advertisement -ad image

ޗައިނާ ސަފީރު ދެއްވީ އުއްމީދީ ޖަވާބުތަކެއް!

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޖިން، ބައްދަލުކުރައްވައިފިއެވެ.
މިއަދު ބޭއްވި މި ބައްދަލު ކުރެއްވުމުގައި، އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު މެންދުރު ފަހު ޗައިނާ ސަފީރާއެކު ބޭއްވި އެ ބައްދަލުވުމުގައި، ޗައިނާގެ ފަރާތުން ވަނީ އުއްމީދީ ޖަވާބުތަކެއް ދެއްވާފައެވެ.
އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވަނީ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެެއްވިިރު، ފެށިގެންދާ އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.


ޗައިނާ ސަފީރު ވަނީ ރާއްޖެ-ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ