- Advertisement -ad image

ޕީއެންސީގެ ރައީސާއި ނައިބު ރައީސަކަށް އިންތިޚާބީ ރައީސާއި ނައިބު ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ރައީސަކަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ޕީއެންސީގެ ރައީސްކަމަށް ޑރ.މުހައްމަދު މުއިއްޒު ހަމަޖެއްސެވީ ރޭ ބޭއްވި އެޕާޓީގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.
މިބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަމަޖެއްސެވީ އިންތިޚާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަޠީފެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ހުސައިން މުހައްމަދު ލަޠީފު ހުންނެވީ ޕީޕީއެމްގައެވެ. އެހެންނަމަވެސް އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގައެވެ. އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވުމުގެ ކުރިން ހުސެއިން މުހައްމަދު ލަތީފު ވަނީ ޕީއެންސީ އާއި ގުޅިވަޑައިގަންފައެވެ. ސަބަބަކީ ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެޕާޓީގެ ނަމުގައި ރިޔާސީ އިންތިޚާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށް ކަމަށް ވާތީއެވެ.
ޕީއެންސީގެ ޗެއާޕާސަން ކަމަށް ކަނޑައެޅީ، އެ ޕާޓީގެ ކުރީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. މިތިން ބޭފުޅުން މިމަގާމުތަކަށް ހަަމަޖެއްސެވީ ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ