- Advertisement -ad image

މުދައްރިސުން އިތުރުކޮށް ދަރިވަރުން ގާބިލް ބަޔަކަށް ހެދުމަށް އިސްކަމެއް ދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މުދައްރިސުން އިތުރުކޮށް ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގާ ގައުމަށް ބޭނުންވާ ގާބިލްކަން އަށަގެންނެވުމަށް އިސްކަމެއް ދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހު ފޮނުއްވި މެސެޖެއްގައި ޑރ މުއިއްޒު ވިދާޅުވީ 21 ވަނަ ގަރުނުގެ ދަރިވަރެއްގައި ހުންނަންޖެހޭ ތޫނުކަމާއި ހުށިޔާރުކަމާއި، ގާބިލްކަމާއި އުޅުންތެރިކަން އަދި އިޖުތިމާއީ މިންގަނޑުތަކަށް ކަމޭހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ ހާއްސަ ސިފަތައް ދަރިވަރުންގެ ގައިގާ އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަން ކުރާނެ ކަމަށެވެ.
“ އަޅުގަނޑަށް ވިސްނޭގޮތުގައި ކާމިޔާބީގެ އައްސޭރިއަށް ގައުމަކަށް ވާސިލްވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗައް އެގައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެންނެވެ. ހަރުދަނާ އަހުލާގެވެ. ތަނަވަސް އިލްމެވެ. ކުޅަދާނަ ހުނަރުވެރިކަމެވެ “ ޑރ މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“އަދި މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނަމެވެ. ހަމައެހެންމެ މުޖުތަމައުގައި މުދައްރިސުންގެ ގަދަރާއި ޝަރަފު މަތިވެރި ކުރާނަމެވެ.”. މުއިއްޒު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރާނީ އޮކުޓޫބަރު މަހު 5 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ