- Advertisement -ad image

މިހާރުން މިހާރަށް ސަރުކާރުން 7 ކަމެއް ކުރުން ހުއްޓައިލަން ޑރ.މުޢިއްޒު އެދިވަޑައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރު ބަދަލުވަމުންދާ މިދަނޑިވަޅުގައި ސަރުކާރުން 7 ކަމެއް ކުރުން ހުއްޓައިލަން އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޑރ.މުޢިއްޒު މިއަދު ފޮނުއްވި ސިޓީއެއްގައި އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް އިބްރާހީމް ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި ނުހަނު އިޚުލާސްތެރިކައެކު ޝުކުރު އަދާކުރެއްވިއެވެ.

އަދި އައު ސަރުކާރަށް ބާރުތައް ހަވާލުކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެއްވުމަށް ބޭނުންވާ ހުރިހާ އެހީތެރިަކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް ދެއްވުމަކީ ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމުގައި އިންތިޚާބީ ރައީސް ވިދާޅުވުވިއެވެ.

ސަރުކާރާ ހަވާލުވުމުގެ ކަންކަން ވިލަރެސްކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވުމާއެކު ޑރ.މުޢިއްޒު ވިދާޅުވީ އެ މަސައްކަތް އަވަހަށް ގެންދިއުމަށްޓަކައި 7 ކަމަކަށް ރައީސް އިބްރާހީމުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ކަންކަން:
ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓުމެންޓެއް ނުކުރުން
ދައުލަތުގެ އެއްވެސް ބިމެއް ތަރައްޤީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުން
ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުން
ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގުރާމެއްގެ ދަށުން އައު ޕްރޮޖެކެޓެއް ނުފެށުން
ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުން
ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ސަރުކާރުން ބައެއް ކަންކަން ހިންގެވުން ހުއްޓަވައިލައްވަން އިންތިޚާބީ ރައީސް އެދިވަޑައިގެންފައިވާއިރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންވަނީ ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން ހިންގުން މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ