- Advertisement -ad image

ޑރ. މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންމެ ޕާޓީއެއްގައި ހުރިނަމަވެސް ގާބިލު ފަރާތްތަކަށް ފުރުސަތު ދިނުން: ފިރުޒުލް

ad image

ގުޅުންހުރި ލިޔުންތައް


ވަކި ޕާޓީއަކަށް ނިސްބަތް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުޢިއްޒު ނުގެންގުޅޭނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިފަދައިން ވިދާޅުވީ ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއް ނެތް ކަމަށާއި ނަމަވެސް ސަރުކާރުން ޖާގަ ލިބޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވި ކަމަށް އޮންލައިން ނޫހެއްގައި ޖަހާފައިވާ ހަބަރަކާ ގުޅިގެން އެކަން ދޮގުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކަ ކަމަށާއި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަން ކަމަށެވެ.
“ ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް “ ފިރުޒުލް ވިދާޅުވިއެވެ.
‏އަދި ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫންކަންވެސް ފިރުޒުލް ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ