- Advertisement -ad image

ވިލިމާލެ ފަޅުގެއެއްގައި ރޯވި އަލިފާން ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ވިލިމާލެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.

“ބަސްމަލާ” ނަމަކަށް ކިޔާ މި ގޭގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ފަތިހު 05:12 ހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން، އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ މި ދެ ކޮޓަރީގައި ރޯވި އަލިފާން ފަޔަރފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވިފައި ވަނީ ފަތިހު 05:55 ހާއިރު އެމްއެންޑީއުން ހާމަކުރެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާޚާނާއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ