މާލޭގެ ފިހާރަޔަކަށް ވަދެ ތޫނު އެއްޗަކުން ހަމަލާދިން އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް މިއަދު 11:02 އެހާކަން ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާއި ގުޅިގެން އުމުރުން 29 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާއަކީ ކިހިނެއް ހިނގައިދިޔަ ހާދިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެފައިވެއެވެ.



