- Advertisement -ad image

އިންތިގާލީ މަރުހަލާގެ ކަންކަން ކުރުމަށް 15 ކޮމިޓީ އެކުލަވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރު ބަދަލުވާ މަރުހަލާގެ ކަންކަން ކުރުމަށް 15 ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.

ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާގެ ކަންކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް އިންތިޚާބީ ރައީސްގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ، އައު ސަރުކާރު ޙަވާލުވުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އެކި އޮފީސްތަކާއި މުވައްސަސާތަކުން ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އިންތިޤާލީ ކޮމިޓީތަކަށް ބޭނުންވާ ތަމްރީންތައް ދީފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަޢުލޫމާތު އެއްކުރާނެ ފޯމެޓުތަކާއި އެމަޢުލޫމާތު އިންތިޚާބީ ރައީސްއާއި ހިއްސާކުރާނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އެކޮމިޓީތަކުން ރަސްމީކޮށް މާދަމާ މަސައްކަތް ފަށާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކުގެ ގޮތުގައި ޖުމްލަ 15 ޓީމެއް އެކުލަވާލާފައިވާކަމަށެވެ. މީގެތެރެއިން 7 ޓީމަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޢުލޫމާތު އެއްކުރުމަށް ހަމެޖެހިފައިވާއިރު، 8 ޓީމަކުން ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ.
ފިރުޒުލް ވަނީ އިންތިޤާލީ އޮފީހަށް ބޭނުންވާ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އިދާރާތަކުން ލިބެމުންދާކަން ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ