ހުޅުމާލެ ފޭސް ދެއެއްގައި ހަދާފައި ހުންނަ ހިޔާ ފްލެޓްގެ ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިޔާ ފްލެޓްގެ ޓަވަރަކުން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 11:58 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ފިރިހެން ކުއްޖާ ވެއްޓިފައިވަނީ އެޗް6 ގެ 12 ވަނަ ފަންގިފިލާއިން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ވެއްޓިފައިވަނީ 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
“ އެކުއްޖާ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި. އެކުއްޖާ އާއި ގުޅޭގޮތުން ހޮސްޕިޓަލުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރޭ” ފުލުހުން ބުންޏެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.



