ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ
ހުޅުމާލޭ ފޭސް ދެއެއްގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ އެޕާޓްމެންޓަކުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.
ހިޔާ ފްލެޓުގެ އެޗް6ގެ 12 ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިޔާ ފްލެޓުން ކުޑަކުއްޖަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 11:58 ކަންހާއިރު ކަމަށެވެ.
މިހާދިސާގައި ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ކުއްޖާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިއަދު ހެނދުނު 10:00 ގައި (ހުޅުމާލެ ސަހަރާ) މިސްކިތުގައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންމެވެ.



