- Advertisement -ad image

އިންތިޚާބީ ރައީސްގެ ނަންފުޅުގައި ސައްހަ ނޫން މެސެޖުތައް ފޮނުވާތީ ސަމާލުވުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޞައްޙަ ނޫން މެސެޖުތަކެއް މީހުންނަށް ފޮނުވާކަން ފާހަގަވެފައިވާތީ އެކަމަށް ސަމާލުވުމަށް ތަރުޖަމާން މުޙައްމަދު ފިރުޒުލް އިލްތިމާސްކުރައްވައިފިއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ޑރ.މުޢިއްޒުގެ ނަންފުޅުގައި އެމަނިކުފާނާ ބައްދަލުކުރުމަށް ދައުވަތު ދީ ޞައްޙަ ނޫން މެސެޖުތަކެއް ޓެލެގުރާމު މެދުވެރިކޮށް ފޮނުވާކަން ފާހަގަވެފައިވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ފާހަގަކުރެވިފައިވޭ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޓެލެގްރާމް މެސެޖުތަކެއް ފޮނުވާ، ބައްދަލުކުރުމަށް ނުވަތަ ބައްދަލުވުންތަކަށް ދައުވަތު ދެމުން ގެންދާކަން. މިއީ ކަނޑައެޅިގެން ސައްހަ ނޫން މެސެޖުތަކެއް،” ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ފިރުޒުލް ވަނީ ޑރ މުއިއްޒުގެ ނަންފުޅުގައި، އެމަނިކުފާނާ އެއްވެސް މިންވަރަކަށް މަޝްވަރާނުކުރައްވައި އިންޑިއާ ސިފައިން ތިބުމަށް ޑރ.މުޢިއްޒު ރުހިވަޑައިގެންފާނެކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވާފައިވާތީ އެކަމާ ހިތާމަކުރައްވާކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ