- Advertisement -ad image

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިސާބުކިތާބަށް ބަދަލުގެންނަކަމުގެ މައުލޫމާތު ލިބޭ: ފިރުޒުލް

ad image

ގުޅުންހުރި ލިޔުންތައް


ދައުލަތުގެ ކުންފުނިތަކުގެ ހިސާބުކިތާބަށް ބަދަލުގެންނަން މަސައްކަތްކުރާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ސިވިލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި އިދާރާތަކުން މުވައްޒަފުން ވަޒީފާއަށް ނެގުމާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައި ވަކި އުސޫލުތަކަކުން މި މަރުހަލާގައި އަމަލުކުރަން އަންގާފައިވާ ކަމަށެވެ.
ނަމަވެސް ސިވިލް ސާވިސް ކޮމިޝަނުގެ ދަށުގައި ނުހިމެނޭ ކުންފުނިތަކާއި އެހެނިހެން ދައުލަތުުގެ އިދާރާތަކުންވެސް އެ ކޮމިޝަނުގެ އެންގެވުމުގެ ރޫޙާ އެއްގޮތަށް މި މަރުހަލާގައި އަމަލުކުރުމަކީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ މި މަރުހަލާގައި ދައުލަތުގެ ބައެއް ކުންފުނިތަކަށް އަލަށް މީހުން ވަޒީފާއަށް ނެގުމާއި ވަޒީފާގެ ކުރިއެރުންތައް ދެމުން އަންނަކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އޭގެ އިތުރަށް ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަދަލުގެންނަމުންދާކަމުގެ މައުލޫމާތުވެސް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ