- Advertisement -ad image

އިންތިހާބީ ރައީސް ހުވާ ކުރައްވާނީ ނޮވެމްބަރު 17 ގައި، ރަސްމިއްޔާތު އޮންނާނީ ޖުމުހޫރީ މައިދާނުގައި!

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 17 ނޮވެމްބަރުވާ ހުކުރު ދުވަހު ޖުމުހޫރީ މައިދާނުގައި ކަމަށް ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ މުއިއްޒު ހުވާ ކުރައްވާނީ ހުކުރު ދުވަހު ހަވީރު އޮންނަ ހާއްސަ ރަސްމިއްޔާތުގައެވެ.
“ ތާރީހަށް ބަލާއިރު ކަންދިމާ ކުރާގޮތުން އަޅުގަނޑުމެން އުފާކުރަން 17 ނޮވެމްބަރު މިފަހަރު މިދިމާވަނީ ހުކުރު ދުވަހަކާއި. މިހާތަނަށް މަޝްވަރާ ކުރެވިފައިވަނީ އިންތިހާބީ ރައީސުލްޖުމުހޫރިއްޔާވެސް އިޝާރާތް ކުރައްވާފައިވާ ފަދައިން ޖުމުހޫރީ މައިދާނުގައި މިދަރުބާރު ބޭއްވުމަށް މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ ހުކުރު ދުވަހުގެ ހަވީރު ވަގުތެއްގައި “ ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ނަމަވެސް އަދި މިތިބީ ތަންކޮޅެއް ކުރީގެ މަރުހަލާއެއްގައި ކަމަށާއި ފަހަރުގައި މޫސުން ފަދަ ކަންކަމަށް ބަލައި މިފަދަ ކަންކަމާއި ގުޅޭގޮތުން ކުދި ކުދި ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ