- Advertisement -ad image

އެމްއެންޑީއެފްގެ ވެހިކަލެއް ފުރޮޅާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި އެމްއެންޑީއެފް ވެހިކަލެއް ފުރޮޅާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުލޭ އެމްއެންޑީއެފް މަރުކަޒަށް ދިޔަ ވެހިކަލެއް ފުރޮޅާލާފައިވާ ކަމަށެވެ. ފުރޮޅާލި ވެހިކަލުގައި ތިން މީހުން ތިބި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ. ނަމަވެސް މިކަމުގެ އިތުރު ތަފުސީލެއް ނުދެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:30 ހާއިރުގައެވެ. ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓްގެ ރަންވޭގެ ކޮޅުން، ސީ ޕްލޭން ޓާމިނަލްސް އަދި އެމްއެންޑީއެފް ބޭސް އަށް ދެވޭ މަގުން ބާރު ސްޕީޑްގައި ދިޔަ ވެހިކަލް ކޮންޓްރޯލް ނުވެގެންނެވެ. އެ މަގުގެ ފެންސާއި ވީ ފަޅީގައި ފުޅާކޮށް ކޮނެފައި ވާ ސަރަހައްދެއްވެސް އޮންނައިރު އެ ވެހިކަލް ކޮނެފައިވާ ބައިގެ މަތިން ގޮސް ފެންސުގައި ޖެހި ފެންސުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ