- Advertisement -ad image

ޑރ މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނައެއް ނުވާނެ: ފިރުޒުލް

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަށަ ނިންމަވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިރުޒުލް މިއަދު ވިދާޅުވީ މިގޮތަށް އިންތިހާބީ ރައީސް ޑރ މުއިއްޒު ނިންމެވީ 2023 ވަނަ އަހަރުގެ ބަޖެޓަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.

“ އިންތިހާބީ ރައީސް ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމުހޫރިއްޔާގެ ގެކޮޅާއި، ނައިބުރައީސްގެ ގެކޮޅާއި މިހުރިހާތަނެއްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން ހިމެނޭހެން އެމަނިކުފާނު ނިންމަވާފައިވަނީ ސިޔާސީ މަގާމުތަކަށް 700 އަށްވުރެ ގިނަ ނުވާނެހެން ވަޒީފާތައް ހަމަޖައްސަން” ފިރުޒުލް ވިދާޅުވިއެވެ.
އިތުރަށް ފިރުޒުލް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 1063 ކަމަށެވެ.
ރައީސް ޔާމީނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 808 ކަމަށްވެސް ފިރުޒުލް ވިދާަޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ ޑރ މުއިއްޒުގެ ސަރުކާރު ހިންގަވާނީ ސިޔާސީ މަގާމުތައް 700 އަށް މަދުކޮށް ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ