- Advertisement -ad image

އިންތިހާބީ ރައީސްއަށް ޖެއްސުން ކުރަން އަނެއްކާވެސް އިތުރު ސަފީރަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަން ބަދަލުވަމުންދާ މަރުހަލާގައި ސަރުކާރުގެ ވަޒީފާތަކަށާއި ސަފީރުން އައްޔަނު ކުރުން މަޑު ޖައްސާލަން އިންތިގާލީ ރައީސްގެ އޮފީހުން ގޮވާލައިފަ ވަނިކޮށް އިތުރު ތިން ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފިއެވެ.
އެގޮތުން ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފޮނުއްވައިފައެވެ.
މީގެ އިތުރުން އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. ރުއްކުރި، މަރްޔަމް މިދްފާ ނައީމް އަދި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދު އައްޔަންކުރުމަށް ހޯމަ ދުވަހު ވަނީ މަޖިލީހަށް ފޮނުވާފައެވެ.
ސަރުކާރު ބަދަލުވުމުގެ ކަންކަން ކުރިއަށް ދަނިކޮށް، ސަފީރުން އައްޔަންކުރެއްވުމަށް މަޖިލީހަށް ސަރުކާރުން ފޮނުވުން، އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަންބޮޑުވުން ފާޅުކުރައްވަމުން އިންތިޤާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، ވެރިކަން ބަދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް، ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމަކީ އަލަަށް އަންނަ ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ކަމެއްކަމަށެވެ.
އެހެންކަމުން އެކަން ނުކުރުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ