ހަށި ވިއްކުމުގެ ތުހުމަތުގައި މާލޭގައި ހިންގާ ދިވެހިބޭސް ކްލިނިކަކުން 3 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކްލިނިކްގައި ހަށިވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމަތަކާއި ގުޅިގެން އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްއާއި ސްޕެޝަލިސްޓް އޮޕަރޭޝަން އަދި އިންޓަލިޖަންސް ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނުގައި ވަނީ 3 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



