- Advertisement -ad image

އެންމެ ރަނގަޅުގޮތަކީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުންނަށްވުން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އެންމެ ރަނގަޅުގޮތަކީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުންނަށްވުން ކަމަށާއި އަދި ތައުލީމީ ގިނަ މެންބަރުން 20 ވަނަ މަޖިލީހުގައި ހިމެނުމަށް ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގައި މިރޭ ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ވަކި އަދަދަކަށް އަންހެނުން މަޖިލީހުގައި ހިމެނުމަށް ގާނޫނެއް މިވަގުތު ނެތް ކަމުގައިވިއަސް އެންމެ ބޭނުންފުޅުވާ ގޮތަކީ އަދި ހިތްވަރުވެސް ދެނީ ވެސް ކެންޑިޑޭޓުން ހޮވުމުގައި އަދި ޕްރައިމަރީގައި ވާދަކުރުމަށްވެސް އަންހެނުން ގިނަ ކުރުމަށް ކަމަށެވެ.
“ ކޮންމެ ގޮތެއްވިއަސް ހިތްވަރެއް ދޭންޖެހޭ ކުރިމަތިލާން ބޭނުން ވިއަސް ކުރިމަތިލާން ނުކެރިފައި އެބަތިއްބަވާ އަންހެން ބޭފުޅުން. އެހެންވީމާ އަޅުގަނޑު ހިތްވަރު ދޭނަން މިހާރުވެސް ހަމަ ވަރަށްބޮޑަށް ބޭނުން ވީހާވެސް ގިނަ އަންހެނުން މިފަހަރު ފުލް ފުރަންޓަށް ވަޑައިގަންނަވަން ނުވަތަ މަޖިލީހަށް ކުރިމަތިލާން. ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަދުވެގެން ތިންބައިކުޅަ އެއްބަޔަކީ މަޖިލީހުގައ އަންހެނުންނަށްވާން” ޑރ މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބީ ރައީސް އިތުރަށްވިދާޅުވީ އެންމެ ބޮޑަށް ބޭނުންވަނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި ހާސިލް ކުރެވޭ ވަރަށް މެންބަރުން ހޮވުމަށް ކަމަށެވެ. މާނައަކީ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 60 އަށްވުރެ ގިނަ މެންބަރުންނަކީ ޕީޕީއެމް/ޕީއެންސީ އަދި ގުޅިފައިތިބި އެހެން ޕާޓީތަކުގެ ކޯލިޝަން ތަމުސީލު ކުރާ މެންބަރުންނަށް ހަދަން މަސައްކަތް ކުރުން ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އަޅުގަނޑު ގަބޫލުކުރަނީ ޕީޕީއެމް/ޕީއެންސީގެ ގިނަ ބޭފުޅުންތަކެއް މަޖިލީހުގައި ތިބުން މުހިންމު ކަމަށް. އޭރުން ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނަށް ކަންކަން ބާރު ސްޕީޑުގައި ގެންދިއުމަށް މާބޮޑަށްވެސް ކުރިއެރުން ލިބޭނެ. އަޅުގަނޑުގެ އަމާޒަކީ ވީހާވެސް ގިނަ މެންބަރުން ހޮވުން” އިންތިހާބީ ރައީސް ވިދާޅުވިއެވެ.
ޑރ މުއިއްޒު އިތުރަށް ވިދާޅުވީ 20 ވަނަ މަޖިލީހުގައި މިފަހަރު ތިއްބަވާނީ ވަރަށް ބޮޑަށް ރައްޔިތުން ބަލައިގަންނަ ކަހަލަ ބޭފުޅުން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
“ މަޖިލީހަށް ހޮވޭ މެންބަރުންނަކީ ތައުލީމީވެސް ބޭފުޅުންނަށް ވާން ބޭނުން. އަދި އަންހެން ބޭފުޅުން ވަރަށް ގިނަ ކުރަން ބޭނުން” ޑރ މުއިއްޒު ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 86 މެންބަރުން ތިއްބަވާއިރު ތިއްބެވީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ