- Advertisement -ad image

ބްރިޖް މަޝްރޫޢު ނުނިމި ލަސްވަމުންދާ ސަބަބު ބަލާ އެމަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަކީ އަމާޒެއް: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ތިލަމާލެ ބްރިޖް މަޝްރޫޢު ނުނިމި ލަސްވަމުންދާ ސަބަބު ބައްލަވައި އެމަޝްރޫޢުގެ މަސައްކަތް އަވަސްކުރެއްވުމަކީ އަމާޒެއްކަމުގައި އިންތިހާބީ ރައީސް ޑރ މުހައްމަދު ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު ވިދާޅުވީ ބްރިޖު މަޝްރޫޢުއާއި ގުޅޭގޮތުން އިންތިޤާލީ މަރުޙަލާގައި މަޢުލޫމާތު އެއްކުރައްވަމުންދާކަމަށެވެ.
“ ބްރިޖް މަޝްރޫޢު ހުއްޓާނުލާ ހިނގާނެ. އެމަޝްރޫޢު ބާރަށް ނުހިނގާ މައްސަލަ ބަލާ އެކަމެއް ޙައްލުކުރަންޖެހޭ. އެއީ އެގްރީމަންޓް މައްސަލައެއްތޯ، ކޮންޓްރެކްޓަރ ނުވަތަ ކޮންސަލްޓަންޓް މައްސަލަތޯ. ގައިމު ސަރުކާރު މައްސަލައެއް އޮތްކަން އިނގޭ. ޤާބިލްކަން ނެތީމަ ނުހިނގާއޮތީ. ކަމާބެހޭ މިނިސްޓްރީގައި އޮތީ އެއްޓީމެއް ސިވިލް ސަރވިސް ތެރޭގައި، އަޅުގަނޑުމެން ސިނަމާލެ ބްރިޖް ހެދިއިރު އޮތް ޓީމު ގާތްގަނޑަކަށް މިއޮތީ “ ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ބްރިޖު މަޝްރޫޢުއަށް އިތުރު ބައިތަށް ހިމަނަންޖެހޭކަމަށާއި، އެގޮތުން މިހާރު އެ މަޝްރޫޢު އޮތީ ގިރާވަރު ފަޅާހަމައަށް ގުޅުވާލާގޮތަށް ނޫންކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ. ނަމަވެސް ގިރާވަރުފަޅު ހިއްކައި ގޯތި ދޫކުރާއިރު، ބްރިޖު އެ ސަރަހައްދަށް ގުޅުވާލުންފަދަ ބައެއް ބަދަލުތައް ގެންނަންޖެހޭކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ބްރިޖު މަޝްރޫޢު ހިންގުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިންޑިއާ ސަރުކާރާއި ވާހަކަދައްކައި ހައްލު ހޯއްދެވެނޭކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށީ 2022 އޮގަސްޓްމަހުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ